ޓްރަމްޕާއި ޕޫޓިން މިމަހު 15 ވަނަ ދުވަހު ބައްދަލުކުރަން ނިންމަވައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިންއާ އެކު ރަސްމީ ބައްދަލުވުމެއް މިމަހުގެ 15 ވަނަ ދުވަހު އެމެރިކާގެ އަލަސްކާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޓްރަމްޕް ވަނީ އެމެރިކާއިން މެދުވެރިޔަކަށްވެ ޔޫކްރޭނާއި ރަޝިޔާ ކުރަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެންނަށް އެއްބަސްވުމަކާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރަޝިޔާއިން ވެސް ވަނީ އެބައްދަލުމުން ރޭވިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ރަޝިޔާ ސަރުކާރުގެ އޮފިޝަލުން ވަނީ އެބައްދަލުވުމުގައި ދެގައުމުން ވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މުސްތަގުބަލުގައި އެސަރަހައްދުގެ އަމާންކަން ގާއިމްކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ކަމަށް ބުނެފައެވެ. އަދި ޔޫކްރޭން ރަޝިޔާ ހަނގުރާމަ ކޮޅެއްގައި ޖެއްސުމަށްވެސް މަޝްވަރާ ކުރާނެ ކަމަށް އޮފިޝަލު ބުނެފައިވެއެވެ.

ރަޝިޔާގެ އޮފިޝަލުން ވަނީ އަލަސްކާގެ ބައްދަލުވުމަށްފަހު ރަޝިޔާގައި ބައްދަލުވުމަށް ޓްރަމްޕަށް ރަސްމީކޮށް ޕޫޓިންގެ ފަރާތުން ދައުވަތު ދެއްވާފައިވާ ކަމަށްވެސް ބުނެފައެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ އެސަރަހައްދު އަމާންކުރެވޭނީ ޕޫޓިން އަށް ކަމަށާއި ޔޫކްރޭނުގެ ރައީސް ޒެލެންސްކީއާ ބައްދަލުކުރަން ނުޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.