ބޭނުމީ މުޅި ގާޒާގެ ކޮންޓްރޯލް ހޯދުމަށް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ އިސްރާއީލުން މިހާރު ކުރަމުންދާ މަސައްކަތަކީ ގާޒާގެ މުޅި ކޮންޓްރޯލް ހޯދުމަށް ކަމަށާއި ގާޒާގައި ވެރިކަން ކުރަން ބޭނުން ނުވާ ކަމަށެވެ.
ނަތަންޔާހޫ އެ އިންޓަވިއު ދީފައިމިވަނީ ރޭ އިސްރާއީލުގެ ކެބިނެޓާ ބައްދަލުކުރުމުގެ ކުރިން ކަމަށް އޮފިޝަލުން ބުނެއެވެ. ރޭގެ ކެބިނެޓުގައި ގާޒާގެ ކޮންޓްރޯލް ނެގުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ނަތަންޔާހޫ ބުނީ ގާޒާގެ ބޭނުންވަނީ ސަލާމަތީގޮތުން ރައްކާތެރި ސަރަހައްދެއް ކަމަށާއި ކުރިއަށްއޮތް ތަނުގައި ގާޒާ ހަވާލުކުރާނީ އަރަބި ފޯސްއަކާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި، އިސްރާއީލުގެ ކެބިނެޓުން ބައްދަލުކުރުމަށް ހަމަޖެހިފައި މިވަނީ އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންގެންދާ ޖަރީމާތަކުގެ ސަބަބުން އެ ސިޓީއަށް އިންސާނީ އެހީ ނުވެއްދި ގިނަ ބަޔަކު ބަނޑަށް މަރުވުމުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިުވަޅެއްގައި އިންޓަނޭޝަނަލް ޕްރެޝަރު ބޮޑުވުމުންނެވެ.
މުހައްމަދު އައުޒަމް
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު