ސްރީލަންކާގެ ކަސްޓަމްސް އިން ހިފެހެއްޓި 991 ބީވައިޑީ ވެހިކަލް ދޫކޮށްލަން ނިންމައިފިއެވެ.
އޮފިޝަލުން ބުނެފައިވާގޮތުގައި ލަންކާގެ ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި އިލެކްޓްރިކް ވެހިކަލް ބީވައިޑީގެ ވެހިކަލްތައް ދޫކޮށްލަން ނިންމާފައިވަނީ އެ ގައުމުގެ ކޯޓުން ނިންމި ނިންމުމަކާ ގުޅިގެންނެވެ.
ލަންކާގެ ކޯޓުން ވަނީ އެ ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަނެއްގެ މައްސަލައިގައި ގޮތެއް ނިންމައި އެ ވެހިކަލްތައް ދޫކޮށްލުމަށް އަންގައިފައެވެ.
ކޯޓުން ވަނީ ކަސްޓަމްސް އިން ހުށަހަޅާފައިވާ ޑިމާންޑުތަކަށްވެސް އެއްބަސްވެ، އެގޮތައް އަމަލުކުރުމަށް ނިންމައިފައެވެ. އެގޮތުން އެ ވެހިކަލްތަކަށް ދައްކަންޖެހޭ ޑިއުޓީ ފީތަކާއި ބޭންކު ގެރެންޓީތައް ހުށަހެޅުން ހިމެނެއެވެ.
ލަންކާގެ ކަސްޓަމްސް އިން އެ ވެހިކަލްތައް ހިފަހައްޓާފައިވަނީ އެގަައުމަށް ކާރު އެތެރެކުރާ ގަވާއިދުގައިވާ ޓެކްސް ނެގުމުގެ ގަވާއިދާއި އެ ކާރުތައް ނުގުޅޭ ކަމަށް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ކަސްޓަމްސް އިން ހިފަހައްޓާފައިވަނީ 997 ކާރެވެ. އެތަނުން ހަ ކާރުގެ މޯޓަރުގެ މައުލޫމާތު އިތުރަށް ދިސާރާކުރުމަށް ކަސްޓަމްސް އިން ވަނީ އެ ކާރުތައް ދޫނުކުރެވޭނެ ކަމަށް އަންގައިފައެވެ.
ލަންކާގެ ޖޯން ކީލްސް އިން އިސްނަގައިގެން މަސައްކަތް ފެށި އެ ޕެޓިޝަން ކާމިޔާބުވެފައިވާ އިރު، އެ ކުންފުނިން ވަނީ ލަންކާގެ ކަސްޓަމްސް އިން ޓެކްސް ނެގުމުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ