އއ. ރަންފަރު ފަޅަކީ އެ އަތޮޅުގެ މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އެގޮތަށް ކަނޑައެޅުއްވީ މިއަދު ނެރުއްވި ގަރާރަކުންނެވެ. ރައީސް އެ ގަރާރު ނެރުއްވީ އެ މަނިކުފާނަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ގެ ދަށުން ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސްގެ ގަރާރުގައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، ރަންފަރު ފަޅަކީ މާޅޮސްގެ ބައެއްގެ ގޮތުގައި އިތުރުކުރައްވައި، ރަންފަރުގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ވަނީ ކަނޑައަޅުއްވައިފައެވެ.

މާޅޮހުގެ ބައެއްގެ ގޮތުގައި ރަންފަރު ކަނޑައަޅައިދެއްވުމަކީ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް، ޑިސެމްބަރު 2024 ގައި ރައީސް ކުރެއްވި ދަތުރުފުޅުގައި، މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.