"ޔަންމާ ސްޕެއާ ޕްރޮމޯ 2025" އިފްތިތާހުކޮށްފިއެވެ.

"ޔަންމާ ސްޕެއާ ޕްރޮމޯ 2025" ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ މިއަދު އެމްޓީސީސީ ކަށަވަރު ޝޯ ރޫމްގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮމޯޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޔަންމާ ސްޕެއާ ޕްރޮމޯޝަންގެ މަގުސަދަކީ ޔަންމާ ސްޕެއާޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ ޔަގީންކަން ދެމެހެއްޓުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވެގެން، ކުރާ ކޮންމެ 5،000 ރުފިޔާއިން މަތީގެ ވިޔަފާރިއަށް ކޫޕަނެއް ލިބެއެވެ. އެ ޕްރޮމޯޝަންގައި ކޮންމެ 15 ދުވަހަކުން ނަގާ، ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ސުޒުކީ 9.9 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއި މަސްވެރިންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އެ ޕްރޮމޯޝަނުގެ އިތުރު ހަރަކާތްތަކުގެ ތެރޭގައި އުޅަނދުފަހަރުގެ އިންޖީން ސާވިސް އިންސްޕެކްޝަން ކުރިއަށްގެންދިއުމާއި މެއިންޓޭނަންސްއާ ގުޅޭގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށްޓަކައި މައުލޫމާތު ފޯރުކޮށްދިނުމާއި އިންޑަސްޓްރިއަލް ސައިޓުތަކާއި އަދި ހަރުގެތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

އެމްޓީސީސިގެ އަމާޒަކީ އަބަދުވެސް ކަސްޓަމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމެވެ. އެގޮތުން ކޮންމެ އަހަރަކު އެކި ޕްރޮޑަކްޓުތަކުން ޕްރޮމޯޝަން ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ އެމްޓީސީސީން އަބަދުވެސް ކަސްޓަމަރުންނަށްޓަކައި ހާއްސަ އިސްކަމެއްދީގެން ހިންގާ ހަރަކާތްތަކެވެ.