މިދިޔަ ހަފުތާ ނިމުނު އިރު، މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ބާރުކޮށްފައިވަނީ ބިހާއި ފިޔާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލުން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ 27 އިން މިމަހުގެ ދެވަނަ ދުވަހާ ހަމައަށް ކުލިއާކުރި ކޮންޓެއިނަރުތައް، ކުލިއާޑް އެންޑް ޕެރިޝަބަލްސް ހިމެނޭގޮތަށް ކާގޯ އޮޕަރޭޝަންސްގެ އަދަދަކީ 1314 ކޮންޓެރިނަރެވެ.
އެ 1314 ކޮންޓެއިނަރުގެ ތެރޭގައި ހިމެނެނީ 20 ފޫޓުގެ 500 ކޮންޓެރިނަރާއި 40 ފޫޓުގެ 407 ކޮންޓެރިނަރެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި އޮތް ބޯޓުތަކުން މުދާ ބޭލުމުގައި ދަތިތައް ކުރިމަތިވި ނަމަވެސް، އެމްޕީއެލުން ދިޔައީ އެކަމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. ބޯޓުތަކުން މުދާ ބޭލުމަށް ދަތިތަކެއް ކުރިމަތިވުމާއެކު، މާލޭގެ ބާޒާރުން ފިޔާ ލިބުން ދަތިވެ، ފިޔާ ކިލޯއެއްގެ އަގު ވެސް 100 ރުފިޔާއިން މައްޗަށް އެރިއެވެ.
ނަމަވެސް ފިޔާ ބަސްތާތައް ބޭލުމާއެކު ފިޔާ ކިލޯއެއްގެ އަގު ވަނީ މިހާރު 100 ރުފިޔާއިން 20 އާއި 19 ރުފިޔާއާ ދޭތެރޭގެ އަގަކަށް ތިރިވެފައެވެ.
މިދިޔަ ހަފުތާގެ ތަފާސް ހިސާބުތައް:
- 16،988 ކޭސް ބިސް.
- 13،096 ބަސްތާ ފިޔާ.
- 7،437 ބަސްތާ ކަރާ.
- 5،538 ބަސްތާ އަލުވި.
- 3،888 ބަސްތާ ޓޮމާޓޯ.
- 3،181 ބަސްތާ އަލަނާސި.
- 2،920 ބަސްތާ ކެބެޖު.
- 2،634 ބަސްތާ ދޮންކެޔޮ.
- 1،177 ބަސްތާ ބަރަބޯ.
- 1،059 ބަސްތާ ސްވީޓްމެލަން.
ފާތިމަތު ލިއުޝާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް