ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ)، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގް މުބާރާތް، ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.

އެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،500 އަށްވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ދިރާގުން މިއަދު ބުނީ މާލޭގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގައި، އެއް ތަނެއްގައި ލައިވްކޮށް މައިގަނޑު ހަތަރު ގޭމް މުބާރާތް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ. ދިރާގުން ބުނީ އެ މުބާރާތްތަކުގައި އޮންލައިން ސާވާތައް މެދުވެރިކޮށް އެއްފަހަރާ 150 އަށްވުރެ ގިނަ ކުޅުންތެރިން ވަނީ ވާދަވެރި މެޗުތަކެއް ކުޅެފައި ކަމަށެވެ.

އެއީ އެގޮތަށް ރާއްޖޭގައި އެފަދަ މުބާރާތެއް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރު ކަމަށާއި އަދި އެއީ ދިރާގުގެ ހަލުވި 5ޖީ ހިދުމަތުގެ ފެންވަރު އަދި ނެޓްވޯކުގެ ވަރުގަދަކަން ދައްކުވައިދިން ކަމެއްކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެ މުބާރަތް ކުރިއަށް ގެންގޮސްފައިވަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައި ކަމަށެވެ. އެގޮތުން މުބާރާތުގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި މިނީސޯ، އެލީޓް ޕާޓްނަރުންގެ ގޮތުގައި ޝީޝާ، ޕީކަބޫ، މެގަޗިޕް އަދި ވިލާ މާޓް، ގޭމިން ޕާޓްނަރުގެ ގޮތުގައި ރާއްޖެ ގޭމިން ކޮމިއުނިޓީ، ކޮންޓެންޓް ޕާޓްނަރެއްގެ ގޮތުގައި ސިޑިބަރީ އަދި ކޭޓަރިން ޕާޓްނަރެއްގެ ގޮތުގައި ބުރުޒު ކޭޓަރިން ވަނީ ހަރަކާތްތެރިވެފައިކަމަށް ދިރާގުން ބުންޏެވެ.

ޑީއެމްޖީސީ 2025ގެ ވަނަތައް ހާސިލުކޮށްފައިވާ ޓީމުތަކާއި ކުޅުންތެރިންނަކީ:

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)

  • ޗެމްޕިއަން: އެލްއެންއެން ސްލީޕިންފޮރެސްޓް
  • ރަނަރަޕް: ވިގަނި
  • ދެވަނަ ރަނަރަޕް: ޓިލް ވަލްހަލާ
  • އެމްވީޕީ: އެލްއެންއެން އެސްއެލްއެފްއޯ ރީމާޒް

ޕަބްޖީ މޮބައިލް

  • ޗެމްޕިއަން: އެސްޑީއެމްޒީ އީސްޕޯޓްސް
  • ރަނަރަޕް: ވީއީ އީޓޫއެސް ޓީއެމްސެވަން
  • ދެވަނަ ރަނަރަޕް: އެލް އެފް އަކަޒާޔާ
  • ތިންވަނަ ރަނަރަޕް: އެންޓެއިކޫ
  • އެމްވީޕީ: އެސްޑީއެމްޒީ ހައިއްޓެ

އެފްސީ25

  • ޗެމްޕިއަން: އިސްމާއިލް ޒަކްވާން ޝިހާޒް
  • ރަނަރަޕް: ހުސައިން ޔައިޝް
  • ދެވަނަ ރަނަރަޕް: މުހައްމަދު އައިމަން އަހްމަދު
  • ތިންވަނަ ރަނަރަޕް: މުހައްމަދު ޒަޔާން އިސްމާއިލް
  • އެމްވީޕީ: ހުސައިން ޔައިޝް (44 ގޯލު)

ރޮކެޓް ލީގު

  • ޗެމްޕިއަން: އޯރިޔޯ
  • ރަނަރަޕް: އެގްޒައިލް
  • ދެވަނަ ރަނަރަޕް: ސިންޑިކޭޓްސް
  • ތިންވަނަ ރަނަރަޕް: އަނެއް ސްޕޯޓްސް
  • އެމްވީޕީ: މާދިން

ދިރާގުން ބުނީ އެ ކުންފުނިން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ޑީޖީޖީ މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި ބުނީ ޑީޖީޖީ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ.