ސިހުރު ހަދައިދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ސިހުރު ހަދައިދޭކަމަށް ބުނެ އެ ޕޭޖުތައް ސޯޝަލް މީޑިއާގައި ހިންގަމުންދަނީ މިއަހަރުގެ ޖޫން މަހުން ފެށިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" މިއަދު ވިދާޅުވީ ސިހުރު ހެދުމަށް ހިތްވަރުދީ އަދި ސިހުރު ހަދައިދޭނެ ކަމަށް ބުނެ މައުލޫމާތު އާންމު ކުރަމުންދާ ޕޭޖުތަކެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.،
ފުލުހުން ވަނީ މީގެ ކުރިންވެސް ސިހުރު ހަދާކަމުގެ މައްސަލަތަކެއް ތަހުގީގުކޮށް އެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައެވެ.
އަދި ސިހުރު ހަދާކަމަށް ތުހުމަތުކޮށް ބަލައިފާސްކުރުމުގެ އޮޕަރޭޝަންސްތަކެއް ވެސް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް