އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
އުރީދޫން މި އޮފާ ކުރިއަށްގެންދަނީ އަމާނާ ތަަކަފުލްއާ ގުޅިގެން މިމަހު ނަގާ ކޮންމެ ސުޕާނެޓަކަށް ހިލޭ އެސެޓް އިންޝުއަރަންސް ލިބޭގޮތަށެވެ.
އުރީދޫން ބުނީ އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ކުރިއަށްގެންދަނީ އެއްވެސް އަގަކާ ނުލައި ކަމަށެވެ. އަދި އެ އެކްސްކްލޫސިވް ބަންޑަލް މެދުވެރިކޮށް ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލްކުރާ ތަނެއްގައި އިންޝުއާ ކުރެވިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
ހޯމް އެސެޓް އިންޝުއަރަންސް އިން ކަވަރޭޖު ފޯރުކޮށްދޭ ހިދުމަތްތައް:
- ފަރުނީޗަރާއި ފިޓިންގްސް
- އިލެކްޓްރޯނިކް ސާމާނު
- ފޭރާމާއި އަމިއްލަ ސާމާނު
- ކުޅިވަރު ސާމާނު
- ޕެޓްސްއާ ގުޅުންހުރި ތަކެތި
"އޮގަސްޓް މަހު އަލަށް ސުޕަނެޓު ނަންގަވާ ފަރާތްތަކުން ސުޕާނެޓު އެކްޓިވޭޓް ކުރުމުން މި އޮފާ ނެގުމަށް އެލިޖިބަލް ވާނެއެވެ. ސުޕަނެޓު އެކްޓިވޭޓް ކުރުމަށްފަހު ކަސްޓަމަރުންނަށް މި ހިދުމަތަށް އެދެވޭނެއެވެ. އަމާނާ ތަކާފުލް އިންޝުއަރެންސްއާ ގުޅިގެން ސުޕަނެޓާއެކު މި ފޯރުކޮށްދޭ ހޯމް އިންޝުއަރަންސާއެކު ގެއާއި މުދާ ހިމާޔަތްކުރެވިފައިވާ ކަމުގެ ހިތުގެ ހަމަޖެހުން ލިބޭނެއެވެ..،" އުރީދޫއިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ އަމާޒަކީ، ހަމައެކަނި ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުން ނޫން ކަމަށާއި ކަސްޓަމަރުންނަށް މާނަހުރި އަދި އަމަލީ ހައްލުތަކެއް ފޯރުކޮށްދީ، ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ވެސް އަމާޒެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް