"ޣައްޒާ ބަނޑަށް މަރުވަނީ" ނަމުގައި ހިމޭން އިހުތިޖާޖެއް ކުރިއަށްގެންދަން އިސްރާ ފައުންޑޭޝަނުން ނިންމައިފިއެވެ.
އިސްރާ އިން ބުނިގޮތުގައި އަންހެނުންނަށް ހާއްސަ އެ ހިމޭން އިހުތިޖާޖު އޮންނާނީ މާދަމާ ހަވީރު 4:15 ގައި ރަސްފަންނުގައެވެ.
އެ އިހުތިޖާޖުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްރާ އިން އެދެއެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 60،000 އަށް އަރައިފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރުގެ ފަހުން އިޒްރޭލުން ޣައްޒާގައި ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ދަނީ ހަމަލާ ދެމުންނެވެ.
އިޒްރޭލުން މިހާރު ގާޒާގައި ހިންގަމުންގެންދާ ހަމަލާތަކުގައި އިއްޔެ އެކަނިވެސް ފަލަސްތީނުގެ 81 މީހުން މަރާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މަރާލާފައިވާ 81 މީހުންގެ ތެރެއިން 19 މީހުންނަކީ އެހީ ހޯދުމަށް މަސައްކަތް ކުރި މީހުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުން ވަނީ ޣައްޒާގެ އެތައް މިލިއަން މީހުން ޣައްޒާގެ ތެރޭގައި ބަންދުކޮށް އެމީހުންނަށް އެހީ ލިބޭ ހުރިހާ މަގެއް ބަންދުކޮށް ބަނޑުހައިހޫނުކަމުގެ ކާރިސާއަކަށް ޣައްޒާ ވައްޓާލައިފައެވެ.
ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ދުވަހެއް ވަންދެން ކިއުގައި ތިބި އެހީގެ ސާމާނު ޣައްޒާއަށް އެތެރެވުން މަނާކޮށް އިޒްރޭލުން ވަނީ އަމިއްލައަށް ޣައްޒާއަށް އެހީގެ ތަކެތި ފޯރުކޮށްދޭން ނިންމައި އެ މަސައްކަތް ވެސް ފަށައިފައެވެ. ނަމަވެސް އެހީގެ ސާމާނު ހޯދުމަށް އެއްވާ އާންމުންނަށް ހަމަލާދީ ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަސްތެރޭ އެތައް ސަތޭކަ މީހުން މަރާލާފައިވެއެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް