ދިރާގުން އެންޓަޕްރައިސްތަކަށް ހާއްސަ ކޯލޮކޭޝަން ހިދުމަތާއެކު އެންޓަޕްރައިސްތަކަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށްފިއެވެ.
ދިރާގުން ބުނީ އެ ހިދުމަތަކީ އެންޓަޕްރައިސްތަކަށް އައިޓީ ސިސްޓަމްތައް ރައްކާތެރިކަމާއެކު ހޯސްޓް ކުރުމަށް އިތުބާރު ހުރި، އަދި ސްކޭލަބަލް އިންފްރާސްޓްރަކްޗާއެއް ފޯރުކޮށްދިނުމަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ.
ދިރާގުން ބުނީ އެ ހިދުމަތުގެ ތެރެއިން، އެންޓަޕްރިސްތަކަށް އަމިއްލަ ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ބަދަލުގައި، ރާއްޖޭގައި ހުރި ހަމައެކަނި ދިރާގު ޓިއާ 4 ސާޓިފައިޑް ޑޭޓާ ސެންޓަރުން ހަރަދު ކުޑަ، އަދި ފެންވަރު ރަނގަޅު ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި އެ ހިދުމަތުގެ ސަބަބުން އެންޓަޕްރައިސްތަކުން ފިޒިކަލް އިންފްރާސްޓްރަކްޗަރަށް ކުރާ ކެޕިޓަލް އިންވެސްޓްމަންޓްތަކާއި އައިޓީ މެއިންޓެނަންސް ފަދަ އޮޕަރޭޝަނަލް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޑޭޓާ ސެންޓަރަކީ އެންޓަޕްރައިސްތަކަށް ރައްކާތެރިކަމާއި އިތުބާރާއެކު އެ ފަރާތްތަކުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ޑޭޓާ ސެންޓަރެކެވެ.
އެގޮތުން، އެ ޑޭޓާ ސެންޓަރުގައި ފުލް ރިޑަންޑަންޓް ޕަވާ އަދި ކޫލިން ސިސްޓަމްތަކުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީ ވަނީ ގާއިމުކޮށްފައެވެ. އޭގެ އިތުރުން، އެންމެ މަތީ ސަލާމަތީ މިންގަޑުތަކާއެކު އެ ސެންޓަރު ދަނީ ސާޓިފައިޑް ތަޖުރިބާކާރުންގެ ޓީމަކުން 24 ގަޑިއިރު މޮނިޓާކުރަމުންނެވެ.
ދިރާގުން ބުނީ އެ ހިދުމަތް ހިޔާރުކުރާ އެންޓަޕްރައިސްތަކަށް އެންމެ އެކަށީގެންވާ ހައްލުތައް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށްފަހު، އެ އެންޓަޕްރައިސްއަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ސެޓްއަޕް އަދި މައިގްރޭޝަން ސަޕޯޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަކޮށް، ހިދުމަތުގެ މިންގަނޑުތައް އުފުލައި، އިތުބާރު ހުރި ފެންވަރު ރަނގަޅު ހިދުމަތްތަކުގެ އެހީގައި ދިވެހި އަދި ބައިނަލްއަގުވާމީ އެންޓަޕްރައިސްތައް ބާރުވެރިކޮށްދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު