ކަޝްމީރު ސަރަހައްދުގައި ފަތުރުވެރިންނަށް ހަމަލާދިން މީހުން މަރާލައިފިއެެވެ.
ކަޝްމީރުގައި އިންޑިއާ ފަޅީގައި މިދިޔަ އޭޕްރިލް މަހު ހަމަލާދީ އިންޑިއާގެ ފަތުރުވެރިންތަކެއް މަރާލުމާ އެކު އިންޑިއާގެ ސަލާމަތީ ބާރުތަކުން ވަނީ އެސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.
އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ހަރަކާތްތެރިވަމުން ދިޔަ 26 ފަތުރުވެރިން މަރާލި ހަމަލާ ދީފައިވަނީ އެސަރަހައްދުގައި ޕާކިސްތާނު ފަޅީގައި ހަރަކާތްތެރިވާ މިލިޓަރީ ގުރޫޕެއް ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.
ހާދިސާގެ މައުލޫމާތު ހިއްސާކުރަމުން އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގައި އެގައުމުގެ ހޯމް މިނިސްޓަރު އަމިތް ޝާހު ވިދާޅުވީ އިންޑިއާގެ ސަލާމަތީ ބާރުތަކުން އެހަމަލާދިން ތިން މީހުން ހޯދައި މަރާލާފައިވާ ކަމަށެވެ. އަދި މަރާލާފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުން މީގެ ކުރިން ވެސް ވަނީ އެހަމަލާ އަކީ އެގައުމަށް ނިސްބަތްވާ ބަޔަކު ދިން ހަމަލާއެއް ކަމަށް އިންޑިއާއިން ކުރަމުން އައި ތުހުމަތު ދޮގުކޮށްފައެވެ. އަދި އިންޑިއާގެ ސިފައިން މަރާލި ކަމަށް ބުނާ މީހުންނާ ގުޅޭގޮތުން ޕާކިސްތާނުން އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް