އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނިގޮތުގައި އެ މަޝްރޫއުގެ ދަށުން، ފެރިދޫގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 ޕަސެންޓް އެއްކޮށް ބަދަލުކޮށް އެރަށު އިންޖީނުގޭގައި 2000 އެމްޕަޔަރުގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބަހައްޓައި ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
އެ އަޕްގްރޭޑްގެ ސަބަބުން، ކުރިން ދިމާވަމުން ދިޔަ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ މުޅިން ހައްލުވެފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. އަދި މުސްތަގުބަލުގައި އެރަށުގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ ދިއުމަށް ކޭޓާ ކުުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މައްސަލަ އަވަސް ފުރުސަތެއްގެ ތެރޭގައި ދެނެގަނެ، ހައްލުކުރުމުގެ ގާބިލުކަން ވެސް އެ އާ ނިޒާމުގެ ސަބަބުން އިތުރުވެފައިވާ ކަމަށެވެ.
އެ ބަދަލުތަކާ އެކު، ފެރިދޫގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ބޮޑު ހިދުމަތަކަށް ވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
އާއިޝަތު މާހާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ