ތައިބާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހަކު މަރުވެއްޖެއެވެ.

އެ ގުރޫޕުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މަރުވެފައިވަނީ އިސްމާއީލް އަހުމަދު 70 އަހަރު، ތ. ވަންދޫއެވެ.

އޭނާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ކަމަށެވެ.

އޭނާގެ ޖަނާޒާ މިއަދުގެ ފަތިސް ނަމާދަށްފަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.