ސާޅީސް ނުވަ މީހުންނާއެކު ދަތުރުކުރަމުންދިޔަ ރަޝިއާގެ ފުލައިޓެއް ވެއްޓި އޭގެން ދަތުރުކުރަމުންދިޔަ ހުރިހާ މީހުން މަރުވެއްޖެއެވެ.
ރަޝިއާގެ މިނިސްޓްރީން އޮފް ސިވިލް ޑިފެންސް، އެމެޖެންސީ އެންޑް ޑިސާސްޓާ ރިލީފްއިން މިއަދު ބުނީ ވެއްޓިފައިވަނީ އަންގާރާ އެއާލައިންގެ ފުލައިޓެއް ކަމަށެވެ. އެ ފުލައިޓު ދަތުރުކުރަމުން ދިޔައީ ރަޝިއާގެ ޓިންޑާއަށް ކަމަށެވެ. އެއީ ރަޝިއާއާއި ޗައިނާ ބޯޑަރު ކައިރީގައި އޮންނަ ޓައުންއެއްކަމަށް ރަޝިއާގެ ސިވިލް ޑިފެންސުން ބުންޏެވެ.
ފުލައިޓު ފެނުނުއިރު އޭގެ ފިއުސަލާޖުގައި ހުރީ އަލިފާން ރޯވެފައި ކަމަށާއި އަދި ފުލައިޓުގެ ބައިތައް އަމުރް ސަރަހައްދުން ފެނިފައިވާ ކަމަށް ސިވިލް ޑިފެންސުން ބުންޏެވެ.
އަލްޖަޒީރާއިން ރަޝިއާގެ ޓީއޭއެސްއެސް ނިއުސް އެޖެންސީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ފުލައިޓު ވެއްޓިފައިވަނީ ފުލައިޓު ލޭންޑް ކުރަން ދިޔަ ގަޑީގައި އެ ސަރަހައްދުގެ ދުރު ފެންނަ މިންވަރު ދަށްވެފައިވުމުގެ ސަބަބުންނެވެ.
ޓިންޑާގެ ގަވަރުނަރު ވަސިލީ އޯރްލޮވްއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލައިޓުން ދަތުރުކުރަމުން ދިޔައީ ފަސް ކުޑަކުދިން ހިމެނޭގޮތަށް ޖުމުލަ 43 ޕަސެންޖަރުންނާއި ހަ ކްރޫ މެމްބަރުންނެވެ.
ފާއިތުވި އަހަރުތަކުގައި ރަޝިއާ އެވިއޭޝަން ސްޓޭންޑާޑުގެ ފެންވަރު މަތިވި ނަމަވެސް، ދުވަސްވެފައިވާ ފުލައިޓުތައް ވެއްޓޭ މައްސަލަތައް ފެންމަތިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
މުހައްމަދު އިޝާން
ރަޝިޔާ
ރަޝިޔާ
ރަޝިޔާ
ރަޝިޔާ