އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޯޕީޑީ ގޭޓު ވަގުތީގޮތުން ބަންދުކުރަން ނިންމައިފި އެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި މިރޭ 9 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހު ރޭގަނޑު 12 ޖެހުމާހަމައަށް އެ ގޭޓު ބަންދުވާނެ އެވެ. އެ ގޭޓު ބަންދުކުރަނީ އޯޕީޑީ ވޯކްވޭގެ މަސައްކަތެއް ކުރުމަށް ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އޯޕީޑީ ގޭޓު 1 ބަންދުކުރުމުން ހޮސްޕިޓަލަށް ވަދެވޭނީ އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރީގައިވާ ގޭޓުން ކަމަށެވެ.
ޑަޔަލިސިސް ސެންޓަރަށް ދާ މީހުންނަށް އެމްއާރްއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުން ކުރެވޭނެ ކަމަށްވެސް ބުންޏެވެ. އަދި އޭގެ އިތުރުން ސްޓްރޯކް ސެންޓަރު، އީއެންޓީ ވޯޑުގެ އެޗްޑީޔޫއަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އާއިޝަތު މާހާ
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން