ހޮލީވުޑްގެ މަޝްހޫރު ތަރި ވިލް ސްމިތް މާލީ ދަތިތަކެއްގެ ތެރޭގައި އުޅެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އޮސްކާގައި ހިނގި ހާދިސާގެ ފަހުން އޭނާގެ ކެރިއަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އަނބިމީހާ ޖޭޑާ ޕިންކެޓް ސްމިތާ ދެމެދު އޮތް ގުޅުމުގެ މައްސަލަތަކާއި، އިތުރުވެފައިވާ ހަރަދުތަކުގެ ސަބަބުން އޭނާގެ މިލިއަން ޑޮލަރުގެ މުއްސަނދިކަމަށް ބުރޫއަރަމުންދާ ކަމަށްވެސް ހޮލީވުޑް ހަބަރުތައް ބުނެއެވެ.
މިހާރު ދެމީހުން ވަކީން ދިރިއުޅޭއިރު، ވިލް ސްމިތަށް ވަނީ ދެ ގޭގެ ހަރަދުތައް ބަލަހައްޓާން ޖެހިފައިކަމަށްވެސް ހަބަރުތައް ބުނެއެވެ. މި މާލީ ބުރަ ކުޑަކުރުމަށްޓަކައި އޭނާ ވަނީ ބައެއް މުދާތައް ވިއްކާލާފައި ކަމަށާއި އޭގެތެރޭގައި 2 މިލިއަން ޑޮލަރުގެ ވުޑްލެންޑް ހިލްސްގެ ގެއަކާއި 795،000 ޑޮލަރުގެ މެރީލޭންޑްގެ ބޮޑު ގެއެއް ހިމެނޭ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
އޭނާގެ އާމްދަނީ ދަށް ވެ، ފިލްމުތަކުން ލިބޭ އާމްދަނީ ވެސް މަދުވެ، މިޔުޒިކް ދާއިރާއަށް އެނބުރި އައުމަށް ނެރުނު 'ބޭސްޑް އޮން އަ ޓްރޫ ސްޓޯރީ' އަލްބަމް ވެސް ކާމިޔާބު ނުވާކަމަށް ހަބަރުތައް ބުނެއެވެ. ޔޫކޭގައި އެ އަލްބަމްގެ ވިކުނީ އެންމެ 300 ކޮޕީއެވެ.
ހަބަރުތައް ބުނާ ގޮތުގައި އޭނާ ވަނީ ބަނގުރޫޓުވުމުގެ މަގުމަތީގައެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް