އަޖޭ ދޭވްގަން އާއި މްރިނާލް ތާކޫރްގެ ފިލްމު 'ސަން އޮފް ސަރުދާރު 2' ނެރޭ ތާރީހު އޮގަސްޓު 1 އަށް ފަސްކޮށްފައިވާ ކަމަށް ބުނެފިއެވެ. މިބަދަލު އިއުލާނުކުރުމަށް ޓަކައި ފިލްމުގެ ދެވަނަ ޓްރެއިލާއެއް ވަނީ ނެރެފައެވެ.

މި ޓްރެއިލާގައި ފެންނަ ގޮތުން ފިލްމުގެ މައިގަނޑު ކޮންސެޕްޓަކީ އަޖޭ ކުޅޭ ޖައްސީގެ ދިރިއުޅުމުގައި ކުރިމަތިވާ ހަތަރު ދަތިކަމެކެވެ. އެއީ އޭނާގެ އަނބިމީހާ ވަރިކުރަން އެދުމާއި، މްރިނާލް އާއި ގަޔާވުމަށްފަހު އޭނާއަކީ ޕާކިސްތާނުގެ މީހެއްކަން އެނގުމާއި، މާފިއާ އާއިލާއަކަށް އޭނާ ވަނުމާއި، މަންމަގެ ވައުދެއްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެވެ. މި ޓްރެއިލާގައި ފިލްމުން ގިނަ އަދަދެއްގެ ހުނުމާއި، އިމޯޝަންތަކާއި، ޑްރާމާއާއި، އެކްޝަން ފެންނާނެކަމަށް ވައުދުވެއެވެ.

https://youtu.be/4P6eLv_s1vY?si=ElgMunSPwQfc9kz2

ފިލްމު ނެރޭ ތާރީހު ފަސްކުރީ ފިލްމު 'ސައްޔާރާ' ކާމިޔާބުވެ، އެހެން ފިލްމުތަކާއެކު ހުރަސް ނުވެ ބޮކްސް އޮފީހުގައި ދެފިލްމަށްވެސް ފައިދާވާނެ ގޮތެއް ހެދުމަށް ކަމަށް ހަބަރުތައް ބުނެއެވެ. މިއީ އިންޑަސްޓްރީއަށް ޓަކައި ވަރަށް ރަނގަޅަށް ވިސްނައިގެން ނިންމާފައިވާ ކަމެއް ކަމަށް ހަބަރުތައް ބުނެއެވެ.