ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ)، މިމަހުގެ 31 ގައި 1500 އަށްވުރެ ގިނަ ގޭމް ކުޅުންތެރިންނާއެކު ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެ ޗެމްޕިއަންޝިޕް އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށްގެންދާ އެ މުބާރާތުން ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމުލަ 170،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ޗެމްޕިއަންޝިޕްގެ އެފްސީ 25 އަދި ރޮކެޓް ލީގް ޓޯނަމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 27 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ދިރާގުން ބުނީ ޑީއެމްޖީސީ 2025 ގައި ހިމެނޭ މައިގަނޑު ގޭމިން މުބާރާތްތަކުގެ އިތުރުން ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށާއި އެގޮތުން، ޑީއެމްޖީސީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރޭސިން ސްޓިމިއުލޭޓާ ޒޯން، ވާޗުއަލް ރިއާލިޓީ (ވީއާރު) ޒޯން، ފްރީ ޓު ޕްލޭ ޒޯނަކާއެކު ބޯޑް ގޭމްސް ފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއީ ގޭމް ކުޅުންތެރިންނަށް އަދި ގޭމިންއަށް ލޯބިކުރާ ފަރާތްތަކަށް ފޯރިގަދަ ތަޖުރިބާއެއް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ދިރާގުން ދެކެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އަދި ގޭމިން ކޮމިއުނިޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޖީޖީ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު