މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ސްޓެލްކޯ އިން މިރޭ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން ޓެކްނިކަލް މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ކަރަންޓު ކެނޑުނު ނަމަވެސް، މާގިނައިރުތަކެއް ނުވަނީސް ސްޓެލްކޯ އިން އެ މައްސަލަ ހައްލުކުރެއެވެ.