އަންނަ ހޮނިހިރު ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނީ ވީއައިއޭގެ އާ ފަސެންޖަރު ޓާމިނަލް ހުޅުވުމަށް މިމަހުގެ 26ގައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތުގެ އެންމެހާ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ ދުވަހު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ދުވަހުގެ ރޭގަނޑު 7:00 އިން ފެށިގެން އެރޭ 11:30 އަށް އެއާޕޯޓަށް ވަދެ ނުކުތުމަށް އެއާޕޯޓަށް ވަންނަ މަގާއި އަދި ޓާމިނަލް ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަ ދެވިފައިވާ އުޅަނދުތަކަށެވެ.
އެ ވަގުތުތަކުގައި ޓެކްސީ އަދި އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކަށް ޕޮލިސް ޕޯސްޓް އަދި އިރުމަތީ ފަރާތު ޕާކިން ސަރަހައްދަށް ދެވޭނެ ކަމަށާއި އަދި ޓާމިނަލް ސަރަހައްދަށް ދިއުމަށް އެމްއޭސީއެލްގެ އުޅަނދުތައް ހަމަޖެހިފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލުން ބުނީ އެ ބަދަލާއެކު ވެސް، ފެރީ އަދި ބަހުގެ ހިދުމަތް މެދުކެނޑުމެއްނެތި މާލެ އާއި ހުޅުމާލެއިން ހުޅުލެއަށް ދާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
އެފަދަ ކޮންމެ ވަގުތެއްގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެމްއޭސީއެލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ފާތިމަތު ލިއުޝާ
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް