ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ޝަރުތު ހަމަވެފައިވަނީ 806 ދަރިވަރުންނެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލައި ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ދަންނަވާފައިވާނެ ކަމަށެވެ.
މީގެ ކުރިން ރައީސް ވަނީ، މަތީ ތައުލީމަށް ދޫކުރާ ލޯނުތައް އިސްލާމީ ހަމަތަކަށް ފެއްތުމަށް ލޯނުތަކުގެ އިދާރީ ފީ ކަނޑާލުމަށް ވެސް އަންގަވައިފައެވެ. ރައީސްގެ އެ އެންގެވުމާ އެއްގޮތަށް މިދިޔަ މާޗް މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނުތަކުގެ އިދާރީ ފީ ކަނޑާލުމަށް ނިންމައިފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލު:
- ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްއޮތް ތަނުގައި ދޫކުރާ އެންމެހާ ސްޓޫޑަންޓް ލޯނުތައް އަނބުރާ ދައްކާ އިރު، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް އަދަދެއްގެ ފައިސާއެއް ނުނެގުން.
- ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތައް އަނބުރާ ދައްކާ އިރު، އިދާރީ ފީ ނުނެގުން. އަދި މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތަކުން އިދާރީ ފީގެ އެއް ޕަސަންޓު އުނިކޮށް، އެ ލޯނުތަކަށް އަނބުރާ ދައްކަން ޖެހޭ އަދަދު އެޖަސްޓްކުރެވޭނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު