ޖޭމްސް ބޮންޑްގެ ޖާދުވީ ދުނިޔެއަށް އަލަށް އަންނަ ފިލްމު ޑައިރެކްޓް ކުރާނެ މީހަކު މިހާރު ވަނީ ހޮވައިފައެވެ. އެއީ މަޝްހޫރު 'ޑިއުން' ފިލްމު ޑައިރެކްޓް ކުރި ޑެނިސް ވިލެނޫވް އެވެ.
ހޮލީވުޑް ހަބަރުތައް ބުނާގޮތުގައި ޑައިރެކްޓަރު ހޮވުމާއެކު، އާ 007 ހޯދުމުގެ މަސައްކަތުގައި ވަނީ ފޯރި ހިފައިފައެވެ.
އެމަޒޯންއިން ބޭނުންވަނީ މި ފިލްމު 2028 ވަނަ އަހަރުގެ ނިޔަލަށް ނުވަތަ އެއަށްވުރެ އަވަހަށްވެސް ރިލީޒްކުރާށެވެ. މިކަމުން ދޭހަވަނީ، އަލަށް އަންނަ ޖޭމްސް ބޮންޑަކީ ކާކުކަން ވަރަށް އަވަހަށް އެނގިގެންދާނެ ކަމެވެ.
ރިޕޯޓްތައް ބުނާގޮތުން، ޒީ ޖެނެރޭޝަންގެ ބޮޑު ތިން ތަރިއޔަކު ވަނީ ޖޭމްސް ބޮންޑްގެ ރޯލަށް ވާދަކުރަން ފަށާފައެވެ. އެމަޒޯންގެ މުހިންމު ދެ ޝަރުތަކީ އިނގިރޭސިވުމާއި، 30 އަހަރުން ދަށުގެ މީހެއްކަމަށް ވުމެވެ. އެންމެ އިސް ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ޖެކޮބް އެލޯޑީ (28)، ހެރިސް ޑިކިންސަން (29) އަދި ޓޮމް ހޮލަންޑް (29) އެވެ. ޖެކޮބް އެލޯޑީ އަކީ އޮސްޓްރޭލިއާ މީހެއް ނަމަވެސް، އެއީ މައްސަލައެއް ނޫން ކަމަށް ބަލައި، އެ ޝަރުތު ދޫކޮށްލަން ސްޓޫޑިއޯއިން ތައްޔާރު ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މިހާރު އާ ނަންތަކެއް އިތުރުވެފައިވީ ނަމަވެސް، ޑެނިއަލް ކްރެގް ރިޓަޔާ ކުރި ހިސާބުން ފެށިގެން 007 ގެ ރޭހުގެ އެންމެ ކުރީގައި ތިބި އޭރަން ޓޭލަރ-ޖޯންސަން (35)، އިދްރިސް އެލްބާ (52)، އަދި ހެންރީ ކެވިލް (42) މި ތިން ނަންވެސް ހަނދާން ނައްތައެއް ނުލެވޭނެ އެވެ. މި އާ ނަންތަކުން މި ރޭސް ވަނީ އިތުރަށް ފޯރިގަދަވެފައެވެ.
ބޮންޑްގެ ދުނިޔެއަށް ކާސްޓްކުރުމާ ގުޅޭގޮތުން ނެޓްފްލިކްސްގެ ސިޑްނީ ސްވީނީއަކީ ދެން އަންނަ ބޮންޑް ގާލް ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް