ޒަމާނީ ޓެކްނޮލޮޖީތަކާއެކު މަސް ދޯނިތަކެއް ފަރުމާކުރަން ބޭނުންވާތީ އެކަމަށް ބޭނުންވާ ކޮންސަލްޓެންސީ ހިދުމަތް ދޭނެ ބަޔަކު ހޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ދެކުނު-ހުޅަނގު އިންޑިއާ ކަނޑު ސަރަހައްދާއި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ބަދަލުކުރުމުގެ މަޝްރޫއުގެ ހަރަދުތަކަށް ވޯލްޑް ބޭންކުން ފައިނޭންސިން ލިބިފައިވާ ކަމަށާއި އަދި އެ ފައިސާގެ ބައެއް ކޮންސަލްޓިން ހިދުމަތްތަކަށް ދޭން ގަސްދުކުރާ ކަމަށެވެ.
އެގޮތުން ކޮންސަލްޓިން ހިދުމަތް މިވަގުތަށް ބޭނުންވަނީ ޒަމާނީ ޓެކްނޮލޮޖީ އާއި ހިދުމަތްތައް ލިބޭނެ ގޮތަށް މަސް ދޯނި ފަރުމާކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 6 ގެ މެންދުރުފަހު 2:00 ގެ ކުރިން ލެޓާ އޮފް އިންޓެރެސްޓް (އެލްއޯސީ) އާއި ބޭނުންވާ އެހެން ލިޔެކިޔުންތައް ހުށަހަޅަން ވަނީ އެދިފައެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ލެޓާ އޮފް އިންޓްރެސްޓް
- ކުންފުނި ރަޖިސްޓްރޭޝަން ސެޓްފިކެޓް
- ކުންފުނީގެ ޕްރޮފައިލް
- ސެކްޝަން 6 ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމުގެ ހެކި މިފަދަ މަސައްކަތްތަކުގެ ތަފްސީލީ ލިސްޓެއް ރެފަރެންސް ސިޓީތައް / މަސައްކަތް ނިންމި ކަމުގެ ލިޔުންތަކާއި ކާމިޔާބުކަމާއެކު ނިންމާފައިވާ ކޮންޓްރެކްޓްތައް
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ފާމެއް ހޮވާނީ ޕްރޮކިއުމަންޓް ރެގިއުލޭޝަންތަކުގައި ބަޔާންކޮށްފައިވާ ކޮންސަލްޓަންޓްގެ ގާބިލުކަމަށް ބިނާކޮށްގެން ހޮވުމުގެ (ސީކިއުއެސް) އުސޫލުންނެެވެ.
އާއިޝަތު މާހާ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި