އެމެރިކާގެ ބޮކްސް އޮފީހުގައި ޖޭމްސް ގަންގެ 'ސުޕަމޭން' ދެވަނަ ހަފުތާގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މި ފިލްމު ވަނީ 57.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، އެއްވަނަ މަގާމު ދަަހައްޓައިފައެވެ.
މި ހަފުތާގައި އަލަށް ރިލީޒްވި 'އައި ނޯ ވޮޓް ޔޫ ޑިޑް ލާސްޓް ސަމަރ'، 'ސްމާފްސް' އަދި 'އެޑިންގްޓަން' އަށްވުރެ 'ސުޕަމޭން' ވަނީ ކުރިހޯދާފައެވެ. މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 400 މިލިއަން ޑޮލަރު ހޯދާފައިވާއިރު، 1 ބިލިއަން ޑޮލަރު ހޯދުމުގެ ފުރުސަތު މި ފިލްމަށް ވަނީ ބޮޑުވެފައެވެ.
225 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި ހެދި މި ފިލްމަށް ބެލުންތެރީންގެ ފަރާތުން ރަނގަޅު މާކްސްތަކާއި ރަނގަޅު ރިވިއުތަކެއް ލިބިފައި ވުމުން، ކުރިއަށް އޮތް ހަފުތާތަކުގައި އިތުރަށް ފައިދާވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމަކީ ޑީސީ ސްޓޫޑިއޯސްއިން ފަށަން އުޅޭ 10 އަހަރުގެ ޕްލޭނަށް ވަރަށް މުހިންމު ފިލްމެއް ކަމަށް ހޮލީވުޑް ހަބަރުތައް ބުނެއެވެ.
'ސުޕަމޭން' ނޫން އެހެން ފިލްމުތަކުގެ ހާލަތު އެމެރިކާގެ ބޮކްސް އޮފީހުގައި މާ ރަނގަޅެއް ނޫނެވެ. އަލަށް ރިލީޒްވި 'އައި ނޯ ވޮޓް ޔޫ ޑިޑް ލާސްޓް ސަމަރ' 13 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދިއިރު، މިއީ 18 މިލިއަން ޑޮލަރުގެ ބަޖެޓަކަށް ނިސްބަތްކުރާއިރު ރަނގަޅު އަދަދެއްކަމަށް ވިޔަސް, މަޝްހޫރު ހޮރޯ ފްރެންޗައިޒަކަށް މިއީ މާ ރަނގަޅު ފެށުމެއް ނޫނެވެ. އަދި 'ސްމާފްސް' ވަނީ 11 މިލިއަން ޑޮލަރު ހޯދައި، ހަތަރުވަނަ އަށް ވެއްޓިފައެވެ. މި ފިލްމަށް ލިބިފައިވާ ރިވިއުތައް މާ ރަނގަޅެއް ނޫނެވެ.
'ސުޕަމޭން' ނޫން، ކުރީން ރިލީޒްކުރެވިފައިވާ ބައެއް ފިލްމުތައް މިހާރުވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އެބަދެއެވެ. ޔުނިވާސަލް ޕިކްޗާސްގެ 'ޖުރާސިކް ވޯލްޑް: ރީބާރތު' ވަނީ 23.4 މިލިއަން ޑޮލަރު ހޯދައި، ދެވަނައަށް ދަތުރުކޮށްފައެވެ. އަދި ބްރެޑް ޕިޓްގެ ރޭސިން ޑްރާމާ 'އެފް1: ދަ މޫވީ' ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 460.8 މިލިއަން ޑޮލަރު ހޯދާފައެވެ.

ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް