"ބީއެމްއެލް ވާއު ކިޑްސް ރަން"ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ބޭންކާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްސް ރަން" ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައި ރަޖިސްޓްރޭޝަނަށް ހުޅުވާލައިފައިވާ ކަމަށެވެ.
މި އަހަރުގެ ދުވުމުގައި ދެ އަހަރާއި ތިން އަހަރުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު ދުވާނީ އެއް ކިލޯ މީޓަރަށެވެ. ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު ދުވާނީ ދެ ކިލޯ މީޓަރަށެވެ. ގުރޫޕާއި އަށް އަހަރާއި ދިހަ އަހަރާ ދެމެދުގެ ކުދިން ދުވާނީވެސް ބެލެނިވެރިންނާ އެކުގައެވެ.
މި ދުވުމުގައި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު ހަމަޖެހިފައިވާ އިރު، ބޭނުންނަމަ ބެލެނިވެރިއަކާއެކުވެސް ދުވެވޭނެއެވެ.
ދިހަ އަހަރާއި ސޯޅަ އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހަތަރު ކިލޯމީޓަރު ދުވުމުގެ ފުރުސަތު ލިބޭނެއެވެ. ދިހަ އަހަރާއި ސޯޅަ އަހަރާ ދެމެދުގެ އުމުރުފުރާގެ ދުވުން ކުރިއަށްދާނީ ޓައިމްކޮށްގެންނެވެ.
"ބީއެމްއެލް ވާއު ކިޑްސް ރަން" އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާއެކު ބާއްވާ ދުވުމެކެވެ. މިއީ މި ދުވުން ބާއްވާ ދިހަވަނަ އަހަރެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް