ދަރިފުޅު އުފަންވިއިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރި މައްސަލައެއްގައި، އެ ކުއްޖާގެ މަންމަ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
މި މައްސަލައިގައި ހޯދަން އިއުލާންކުރީ ސ. ހިތަދޫ، އުޖާލާ، އާމިނަތު ޝިފްޒާ 40އ އެވެ.
ފުލުހުން ބުނީ، ޝިފްޒާ ހޯދަނީ، ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުން ވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައި ނުވާތީީ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ.
ފުލުހުން ވަނީ، ސާޖަންޓް އާ އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް، ޖުލައި 27 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ޝިފްޒާއަށް އަންގައިފައެވެ.
ހުޅުމާލެ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
ރޭޕް
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
ފިޔަވަޅު ނޭޅޭނެކަން އެނގޭއިރުވެސް ވަގުތި ބޭކާރު ކުރަން ހޯދަނީ ކީއްކުރަން.
ޑެވިލް - 1 އަހަރު ކުރިން