1990ގެ އަހަރުތަކުގެ މަޝްހޫރު ކާޓޫނު ސީރީޒް 'ކެޕްޓަން ޕްލެނެޓް އެންޑް ދަ ޕްލެނެޓިއަރސް' ލައިވް އެކްޝަން ސީރީޒެއްގެ ގޮތުގައި އުފައްދާން ނެޓްފްލިކްސްއިން ނިންމައިފިއެވެ.
'ވެރައިޓީ' ރިޕޯޓެއް ބުނާ ގޮތުގައި، މި ސީރީޒްގެ އެގްޒެކްޓިވް ޕްރޮޑިއުސަރުންނަކީ ލިއޮނާޑޯ ޑިކެޕްރިއޯ އާއި ގްރެގް ބަރލަންޓީ އެވެ. ލިޔުންތެރިޔަކަށް ހުންނާނީ ތާރާ ހެރްނަންޑޭޒް އެވެ. މި ސީރީޒް އުފައްދާނީ ވޯނަރ ބްރޯސް ޓެލެވިޒަން އިން ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.
މިހާރު މި ސީރީޒް އޮތީ އުފެއްދުމުގެ ފުރަތަމަ މަރުހަލާގައި ކަމަށް އިނޑަސްޓްރީގެ މީހުނާ ހަވާލާދީ ހަބަރުތައް ބުނެއެވެ. މިއީ ނެޓްފްލިކްސްއިން ކުރީންވެސް 'ސްޓްރޭންޖަރ ތިންގްސް' އަދި 'ވެންސްޑޭ' ފަދަ ސީރީޒްތައް ކާމިޔާބުކުރި ގޮތަށް، ނޮސްޓާލްޖިއާ އުފައްދާނެ ކަމަށް ބެލެވޭ އެންމެ ފަހުގެ ޕްރޮޖެކްޓެކެވެ.
'ކެޕްޓަން ޕްލެނެޓް އެންޑް ދަ ޕްލެނެޓިއަރސް' އަކީ 1990 އިން 1996 އަށް ދައްކާފައިވާ ކާޓޫނެކެވެ. މިއީ ތިމާވެށި ދިރާސާކުރާ ބާބަރާ ޕައިލް އާއި މީޑިއާގެ ބޮޑު މަހުޖަނު ޓެޑް ޓާނަރގެ އުފެއްދުމެކެވެ. މި ކާރޓޫނުގެ މަގުސަދަކީ ކުޑަކުދީންނަށް ތިމާވެށީގެ މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމެވެ. މި ކާޓޫނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްފައިވާ ފަސް 'ޕްލެނެޓިއަރ' އެމީހުންގެ ބާރުތައް ބޭނުންކޮށްގެން ކެޕްޓަން ޕްލެނެޓް ނެރެ، ތިމާވެއްޓަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް މަސައްކަތް ކުރެއެވެ.
މި ސީރީޒްގައި ތިމާވެށީގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތި، އެއިޑްސް، އަދި ބްލީންގް ފަދަ މައްސަލަތައްވެސް ހިމަނައިފައިވެއެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް