ކޮލޮމްބިއާގެ މައިނެއްގައި ތާށިވި 18 މީހަކު 18 ގަޑިއިރުފަހުން ސަލާމަތްކޮށްފިއެެވެ.

ކޮލޮމްބިއާގެ ހުޅަނގު އުތުރުން އޮންނަ އެންޓިއޯކުއުއާ ރީޖަނުގައި ރަން ނަގާ މައިނެއްގައި ދިމާވި ޓެކްނިކަލް މައްސަލައެއްގައި އެ މައިނުގެ އަޑީގައި ތާށި ވި މީހުން ސަލާމަތް ކުރުމަށް އިމަޖެންސީ ޓީމުތައް ގުޅިގެން 12 ގަޑިއިރުވާންދެން މަސައްކަތް ކޮށްފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާއަށްފަހު މައިނުގައި ތާށި ވި 18 މީހުން ސަލާމަތް ކުރުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި އެންމެން ސަލާމަތް ކޮށްފައިވާކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް ހިންގަމުން ދިޔަ އެ މައިނުގެ މައިދޮރު ބަންދުވެފައިވަނީ އެތަނުގައި ހަދާފައިވާ ސްޓްރަކްޗާ ހަލާކުވުމުގެ ސަބަބުންނެވެ.

ކޮލޮމްބިއާގެ ނެޝަނަލް މައިނިން އެޖެންސީން ވަނީ މައިނު ކުރާ ފަރާތްތަކުން ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށާއި އެތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަމަށް އަޅާން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އަންގައި ބަޔާނެއް ނެރެފައެވެ.