ދިރާގުން ސެމްސަންގް ގެލެކްސީ S25 އަލްޓްރާ ފޯނު ގަންނަ ކަސްޓަމަރުންނަށް، ތިން މަސްދުވަހުގެ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ އެ ހާއްސަ ޕްރޮމޯޝަނަކީ ދިރާގު ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ހުޅުވައިލައިފައިވާ ފުރުސަތެއް ކަމަށެވެ.
އެ އޮފާގެ ދަށުން މި ފޯނު ގަންނަ ފުރަތަމަ 30 ކަސްޓަމަރުންނަށް ތިން މަހަށް ހިލޭ ބޭނުންކޮށްލެވޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން (ޔޫއެސްއޭ) ކްރެޑިޓް ވައުޗާ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ސެމްސަންގް ގެލެކްސީ S25 އަލްޓްރާ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ފީޗާތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ. އެ ފޯނުގައި ހަރުކޮށްފައިވާ އެޑްވާންސްޑް ސްނެޕްޑްރެގަން 8 އެލީޓް ފޯ ގެލެކްސީ ޕްރޮސެސަރުގެ ސަބަބުން، އަވަސް ސްޕީޑާއި އާޓިފިޝަލް އިންޓެލިޖެންސްގެ ހިދުމަތްތައް ލިބިގެންދެއެވެ. މީގެ އިތުރުން، 6.9 އިންޗީގެ ޑައިނަމިކް އެމޮލެޑް 2އެކްސް ޑިސްޕްލޭއިން ސާފު އަދި ކުލަގަދަ ކުއަޑް އެޗްޑީ+ ވިޝުއަލްސް ފޯރުކޮށްދެއެވެ. އަދި އެ ޑިވައިސްގެ ކެމެރާ ސިސްޓަމުން ޕްރޮފެޝަނަލް ފޮޓޯ އަދި ވީޑިއޯ ނެގޭނެއެވެ.
ދިރާގުން ބުނީ އެ ފޯން އޯޑަރުކުރުން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެ ކަމަށާއި ފޯނު އޯޑަރުކުރުމުން ފުރަތަމަ 30 ކަސްޓަމަރުންނަށް ނެޓްފްލިކްސް ސަބްސްކްރިޕްޝަން އީމެއިލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.
ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު