ދުބާއީ ޕޮލިސް، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަދި އެހެނިހެން އިދާރާތަކުގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރާތީ އެކަމަށް ސަމާލުވެ، އެ ކޯލު ނުނެގުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު ބުނީ އެފަދަ ފަރާތްތަކުން ބޭރު ނަންބަރުތަކާއި އީމެއިލްތައް ބޭނުންކޮށްގެން ޒާތީ މައުލޫމާތާއި އެކައުންޓްތަކުގެ މައުލޫމާތު ހޯދަން ސްކޭމަރުން މަސައްކަތް ކުރާކަމަށެވެ.
އެފަދަ ކޯލެއް އައުމުން ސަމާލުކަންދޭންވީ ބައެއް ކަންކަން ފުލުހުން ހިއްސާކޮށްފައިވެއެވެ.
ފުލުހުން ބުނީ، ދުބާއީ ޕޮލިހުންގެ ނަމުގައި ވީޑިއޯ ކޯލްކޮށް އެއްވެސް ސެންސިޓިވް މައުލޫމާތެއް ނުވަތަ ފައިސާއެއް ނުހޯދާނެ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކް މައުލޫމާތު، އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި ޝައްކު ކުރެވޭ ކޯލެއް އަތުވެއްޖެނަމަ، ވަގުތުން ފޯނު ކަނޑައިލުމަށެވެ.
އެ މެސެޖު ގިނަ ބަޔަކާ ހިއްސާކޮށް، އާއިލާއާއި ރައްޓެހީން އެ ފަދަ ނުރައްކާތަކުން ރައްކާތެރިކުރުމަށް އެހީވުމަށްވެސް އެންޓި ސްކޭމް ސެންޓަރުން އެދިފައިވެއެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް