ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގެ ފަސްވަނަ ސީޒަންގެ ފުރަތަމަ އިޝްތިހާރު ނެރެފިއެވެ. މިއީ މި ސީރީޒްގެ އެންމެ ފަހު ސީޒަން ކަމަށްވާއިރު، އިޝްތިހާރުން ވަރަށް ބޮޑު ހަމަނުޖެހުމެއް، ބައެއް ކެރެކްޓަރުން ނެތިދާނެ ކަމުގެ އިޝާރާތްތަކެއް، އަދި ހިތާމަވެރި އަލްވަދާއެއް ފެނިގެންދެއެވެ.
ތިން މިނިޓަށް ވުރެ ކުރު މި އިޝްތިހާރުން ފެންނަނީ ހޯކިންސް ޓައުންގެ ހަމަނުޖެހުން ބޮޑުވެ، ބިރުވެރިކަން ފެތުރިފައިވާ ތަނެކެވެ. "އަޕްސައިޑް ޑައުން" މިހާރު ރިއަލިޓީއާ މަސްހުނިވެފައި ހުރި ކަމުގެ މަންޒަރުތައް ފެނެއެވެ. މެކްސް އަދިވެސް ކޯމާގައި އޮތް މަންޒަރު ފެންނައިރު، އޭނާގެ ނަސީބު ނޭނގޭ ކަމަށް ފޭނުން ބުނެއެވެ. މެކްސް އާއި ލޫކަސްގެ ހިތާމަވެރި މަންޒަރުތައް ފެނި ފޭނުން ވަރަށް އިމޯޝަނަލްވެއެވެ. ޑަސްޓިން އިން ފެށިގެން ސްޓީވް، ރޮބިން އަދި ނެންސީ އާ ހަމައަށް، ހުރިހާ ގޭންގެއްވެސް ހަނގުރާމައަށް ތައްޔާރުވެފައި ތިބބި ގޮތަށް ފެނެއެވެ. ވެކްނާ އަލުން އައުމާއި، އެލެވަން އެކަނި ހަނގުރާމަ ކުރާ މަންޒަރުތައް ވެސް ހިމެނެއެވެ.
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނެރެން ހަމަޖެހިފައިވަނީ ތިން ބަޔަށް ބަހާލައިގެންނެވެ. ފުރަތަމަ ވޮލިއުމް ނޮވެމްބަރު 26 ގައި، ދެވަނަ ވޮލިއުމް ޑިސެމްބަރު 25 ގައި، އަދި ސީރީޒްގެ ފިނާލޭ ޑިސެމްބަރު 31، ގައި ނެރެނެ ކަމަށް ހަބަރުތައް ބުނެއެވެ.
2016 ގައި ފެށި "ސްޓްރޭންޖާ ތިންގްސް" އަކީ ވަރަށް ބޮޑަށް މަޝްހޫރުކަން ހޯދާފައިވާ ސީރީޒެކެވެ. މި ސީރީޒަށް ޕްރައިމްޓައިމް އެމީ އެވޯޑްގެ 12 އެވޯޑް ލިބިފައިވާއިރު، 57 ފަހަރު ނޮމިނޭޓްވެ ފައިވެއެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް