ކެމްބޯޑިއާގެ ސްކޭމް ސެންޓަރެއް ރެއިޑްކޮށް 200 މީހުން ހައްޔަރުކޮށްފިއެވެ.

ކެމްބޯޑިއާގެ އޮފިޝަލުން ވަނީ އެ ގައުމުގެ ވެރިރަށް ޕޯމްޕެންގެ ދެ އިމާރާތެއް ރެއިޑްކޮށް އޮންލައިންކޮށް ސްކޭމް ހިންގަމުންދިޔަ 200 މީހުން ހަޔަރުކުރިކަމަށް ބުނެފައެވެ. ކެމްބޯޑިއާ ފުލުހުން އިއްޔެ ހިންގި އެ ރެއިޑުގައި ހައްޔަރުކޮށްފައިވަނީ ވިއެޓްނާމަށް ނިސްބަތްވާ 149 މީހަކާއި ކެމްބޯޑިއާ 85 މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

ކެމްބޯޑިއާގެ ފުލުހުންނާއި އެގައުމުގެ މިލިޓަރީ އަދި ކަމާބެހޭ އިދާރާތްތަކުން ގުޅިގެން ހިންގި އެ ރެއިޑުގައި 54 ކޮމްޕިއުޓަރު ހިފަހައްޓާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އދ އިން ސިފަކުރާ ދެކުނު އޭޝިޔާގެ ސްކޭމް ސެންޓަރުތަކުގެ ''ގްރައުންޑް ޒީރޯ'' ކަމަށް ވެފައިވާ ކެމްބޯޑިއާގައި އެކި ފަރާތްތަކުން ހިންގާ ސްކޭމް ތަކުގައި އަހަރަކު 40 ބިލިއަން އެމެރިކާ ޑޮލަރު ގެއްލޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.