ކަރަންޓު ހިދުމަތް މެދުކަނޑާލެވޭނީ ތިން ބިލު ނުދައްކާ އޮތުމުން ކަމަށް ބުނާ އުސޫލެއް ނޯންނާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހަސަން ކުރުސީގެ ނަމުގައި "އެކްސް"ގައި ހިންގަމުންދާ ކާކުކަން ނޭނގޭ އެކައުންޓުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ނުދައްކާ އެންމެ ބިލެއް އޮތް ނަަމަވެސް ހިދުމަތް މެދުކަނޑާލެވޭ ގޮތަށް ސްޓެލްކޯއިން އުސޫލު ބަދަލުކުރަން އުޅޭ ކަމުގެ އަޑުތައް އިވިފައިވާ ކަމަށެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އާއި ސްޓެލްކޯގެ އެކްސް އެކައުންޓު އަދި ފެނަކައިގެ އެކްސް އެކައުންޓު ޓެގުކޮށްފައިވާ އެ ޕޯސްޓުގައި އެއީ ސައްހަ މައުލޫމާތެއްތޯ ވަނީ އަހައިފައެވެ.
އެއަށް ޖަވާބުދިނުމަށް އެ ޕޯސްޓަށް ރިޕްލައި ކުރި ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އަހްމަދު މުހައްމަދު ވިދާޅުވެފައިވަނީ ކަރަންޓު ކެނޑޭނީ ނުދައްކާ ތިން ބިލު އޮތުމުން ކަމަށް ބުނާ އުސޫލެއް މިހާރުވެސް ނޯންނާނެ ކަމަށެވެ.
"ތިން ބިލަށްވުރެ ގިނަ ބިލު ނުދައްކާ ހުރުމުން ނޫނީ ކަރަންޓު ކަނޑާނުލެވޭނެ ކަމަށް އެއްވެސް އުސޫލެއް މިހާރުވެސް ނޯންނާނެ. ގަވާއިދުގައިވާ ގޮތުން، ބިލު ދައްކަންޖެހޭ ތާރީހު ފާއިތުވުމުން، އަޅުގަނޑުމެންނަށް ކަރަންޓު ކަނޑާލުމުގެ ނޯޓިސް ދެވިދާނެ. ނޯޓިސްގެ މުއްދަތު ހަމަވުމަށްފަހު، އެންމެ ބިލެއް ނުދައްކާ އޮތް ކަމުގައިވިޔަސް، ކަރަންޓު ކެނޑުމުގެ އިހުތިޔާރު އަޅުގަނޑުމެންނަށް ލިބިގެންވޭ" އަހްމަދު ވިދާޅުވެފައިވެއެވެ.
ނަމަވެސް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެހީވެ ކަސްޓަމަރުންނަށް ފަސޭހަ ގޮތަކަށް ބިލުތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދޭން ކަމަށެވެ.
"ނަމަވެސް، އަޅުގަނޑުމެން އަބަދުވެސް އިސްކަންދެނީ ކަސްޓަމަރުންނަށް، އަދި ވީހާވެސް ގިނަ ގޮތްގޮތުން އެހީތެރިވެ . ނުދައްކާ ހުރި ބިލުތައް ފަސޭހައިން ދެއްކޭނެ ގޮތް ހަދައިދިނުމަށާއި، ހިދުމަތް މެދުކެނޑިގެން ނުދިއުމަށްޓަކައި، މުއްދަތު އިތުރުކޮށްދިނުމާއި އިންސްޓޯލްމަންޓް ޕްލޭންތައް ހިމެނޭ ފަދަ ފްލެކްސިބަލް ޕޭމަންޓް އޮޕްޝަންތައް އަޅުގަނޑުމެން ފޯރުކޮށްދެން،" އޭނާ އިތުރަށް ވިދާޅުވެފައިވެއެވެ.
އާއިޝަތު މާހާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ
އަޅުގަނޑަށް ފުރަތަމަ ބިލް ޑިއުވާން އެއްދުވަސް އޮއްވާ ކަނޑަލާނެ ކަމުގެ ނޯޓިސް ލިބުނު އިއްޔެ. މީ ކިހިނެއް ވާ ކަމެއްތޯ ސްޓެލްކޯ
ހަސަން - 11 މަސް ކުރިން
ޢުސޫލަކީ ލިޔެވިފަ އޮންނަ އެއްޗެއްްނޫން، އުސޫލަކީ ކަންކުރަމުން ދާޤޮތް، އެއީ ގަވާޢިދުގެ ތެރެއަށްވެސް ވަދެ ގަވާޢިދެއްގެ ގޮތުގައި ޝަރީޢަތުގެ މަޖްލީހުގަވެސް ހެކީގެ ގޮތުގަވެސް ބޭނުންކުރެވޭ ކަމެއް. ސްޓެލްކޯވެސް އަދި ދިރާޤުވެސް ގެންގުޅުނު އުސޫލެއް އެއީ 3 ބިލު ހަމަވީމަ ހިދުމަތް ކަނޑާޅުން، އުސޫލު ބަދަލު ކުރާނަމަ އެކަން ކުރިއާލާ އަންގަންވެސް ޖެހޭނެ.
ސަންޕަދަރި - 11 މަސް ކުރިން
މާއްކަލާކޯ ހުސްދޮގު ގާމު ޢައްޑޫގެ ކަރަންޓު އެންމެ ބިލެއް ނުދައްކާ އޮތަސް ބިލުގައި ކަރަންޓު ކަނޓަން އޮންނަ ދުވަހު ވަގުތުން ކަރަންޓް ކަނޑާލާނެ ދެން އާދޭސް ކުރިޔަސް ބިލެއްއޮތީޔާ ގުޅާނުދޭނެ ވަރިހަމަ މީހަކު މަރުވެގެން އުޅުނަސް! ނުކެރޭނެ މިކަން ދޮގު ގުރާކަށް!
ކަލޯގަޔާ - 11 މަސް ކުރިން