ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް މިމަހުގެ 26 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ވީއައިއޭގެ އިރުމަތީ ފަރާތު ޕާކިން ޒޯނުގައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
އެ ތާރީހުގެ ކުރިން އެ ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކުން އެ އުޅަނދުތައް ނެގުމަށް އެދޭ ކަމަށާއި އަދި ވީއަައިއޭގެ ހުޅަނގު ފަރާތު ޕާކިން ޒޯނުގައިވެސް އަންނަ ބުރާސްފަތި ދުވަހުގެ 18:00 ގެ ފަހުން އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ އެ ތާރީހަށްފަހު ފުލުހުންނާ ގުޅިގެން އެ ޕާކިން ޒޯންތަކުން އުޅަނދުތައް ހުސްކުރާނެ ކަމަށާއި އަދި ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
އެ ބަދަލާ ގުޅިގެން އެ ޕާކިން ޒޯނުތަކުގައި ޕާކުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްއޭސީއެލުން ވަނީ މައާފަށް އެދިފައެވެ.
ފާތިމަތު ލިއުޝާ
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް