މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އާއި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ބޭފުޅުން ގަޑިއަށް ހާޒިރު ނުވެގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކެންސަލް ކޮށްފިއެވެ.
ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމަށްފަހު، އެ ކޮމިޓީގެ މުގައްރިރު ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ގަޑިޖެހުނުއިރުވެސް އެ މުއައްސަސާތަކުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ނުވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގައި މުހިއްމު ވޯޓެއްވެސް އޮތުމާއެކު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިޒުނައާއެކު ކޮމިޓީ ބައްދަލުވުން ނިންމަވައިލައްވާ ކަމަށެވެ.
މީގެފަހުން ކޮމިޓީ ބައްދަލުވުމަށް މެންބަރުން ވަޑައިގަންނަވާއިރު، ކޮމިޓީއަށް ހާޒިރު ކުރާ ފަރާތްތައް ކޮމިޓީއަށް ހާޒިރުވެވަޑައި ނުގަންނަވާނަމަ ކޮމިޓީ ބައްދަލުވުން ކެންސަލް ކުރައްވާނެ ކަަމަށްވެސް މުގައްރިރު ވިދާޅުވިއެވެ.
އެއަށްފަހު މުގައްރިރު ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންތިއްބެވި 14 މެންބަރުންގެ ނަން އިއުލާން ކުރައްވައިފައެވެ.
އެ މުއައްސަސާތަކުގެ ބޭފުޅުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވާން އެންގީ، ސިއްހީ މަސައްކަތްތެރީން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ކޮމިޓީއަށް ހުށަހަޅާފައިވާ ގަރާރަކާ ބެހޭގޮތުންނެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހަޅުއްވާފައިވާ، މި ގަރާރުގައި ސިއްހީ ދާއިރާގެ އިތުރުން، ތައުލީމީ ދާއިރާގެ މަސައްކަތްތެރީން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްވެސް ވަނީ ހުށަހަޅުއްވައިފައެވެ.
އިބްރާހިމް ޒަކީ
އިރާން
ހޮލީވުޑް
ބެންކޮކް
ރިޕޯޓް
ހީލަތްތެރިން.
އ - 12 މަސް ކުރިން