ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ ގޮތުގައި އިދުރީސް ފައުޒީ އައްޔަނު ކުރަން ފާސްކޮށްފި އެވެ.
އިދުރީސް ފައުޒީއަށް ރުހުން ދޭން، ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓު ދެއްވިއެވެ. ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ރުހުންދޭން ނުފެންނަ ކަމަށް ވޯޓުދެއްވި އިރު ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ކެޔޮދު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު ވޯޓު ދެއްވީ ވަކިކޮޅަކަށް ނުޖެހި އެވެ.
(ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
އެ 8 ބޭފުޅުންގެ ތެރެއިން، ޖުޑިޝަރީ ކޮމެޓީން އެ ނަންތައް ދިރާސާކޮށް، ކުރިއަށް ގެންދިޔަ އިންޓަވިއުއިން %75 އަށްވުރެ މަތީން މާކްސް ލިބިވަޑައިގެންފައިވަނީ 4 ބޭފުޅަކަށެވެ. އެއީ:
- އިދުރީސް ފައުޒީ، ފަހިވާގެ، ލ. ކަލައިދޫ -- %81 މާކްސް
- އިބްރާހިމް ޒާހިދު، ލިލީމާގެ، ގދ. ވާދޫ -- %80 މާކްސް
- ޑރ. ހުސެއިން ފާއިޒް، ދަފްތަރު 1325 -- %79 މާކްސް
- އަހުމަދު އަލީ، ހުޅުމާލެ ފްލެޓް 108 -- %75 މާކްސް
ޖޭއެސްސީއަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަގާމުގައި މިހާރު ހުންނެވީ އައިމިނަތު އުއްމުކުލްސޫމް އެވެ. އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލީ، އޭނާގެ ދައުރު މިއަހަރުގެ އޮގަސްޓަށް ހަމަވާނެތީއެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ