ދިރާގުޕޭގެ އާ ޕްލެޓްފޯމް ޑައުންލޯޑުކޮށް، ރަޖިސްޓްރީ ކޮށްގެން އައިފޯން 16 ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކް އިން ހުޅުވާލައިފި އެވެ.

ދިރާގުން މިއަދު ބުނިގޮތުގައި މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގުޕޭގެ އާ ޕްލެޓްފޯމަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީ ކުރާ ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަންގެ ހާއްސަ ގުރުއަތުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުޕޭގައި ރަޖިސްޓްރީކޮށްފައިވާ ކަސްޓަމަރުންގެ މެދުގައި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ހިމެނެއެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ބޭނުމަކީ ދިރާގުޕޭގެ ކަސްޓަމަރުންނާ ހަމައަށް ހާއްސަ އިނާމުތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރަން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި ފައިސާގެ މުއާމަލާތުތައް ކުރުމަށް ކަސްޓަމަރުންނަށް ރައްކާތެރި، ހަލުވި، ފަސޭހަ މަގެއް ފަހިކޮށްދިނުމަކީ ވެސް މި ޕްރޮމޯޝަންގެ ބޭނުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ފިންޓެކަކީ ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.