"މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" (އެމްއެމްޕީއާރުސީ)ގެ ނަން، "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް"އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރައްވައިފިއެވެ.
އެމްއެމްޕީއާރުސީ އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010ގެ މާޗު ހަތަރުވަނަ ދުވަހުއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބަދަލު ގެންނަވައި ރައީސް އެކަން އިއުލާންކުރައްވާފައިވަނީ، ނަންބަރު 2025/19 ގަރާރުންނެވެ.
އެ ކުންފުންޏަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖެއިން ބޭރު ގައުމުތަކަށް އެކި ފެންވަރުގައި އިސްތިހާތުކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތައް ޕްރޮމޯޓު ކުރުމަށް އުފައްދާފައިވާ އެ ކުންފުނިން ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކޮށް، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި އެމްއެމްޕީއާރުސީން ކުރިއަށްގެންދެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރު ކުރުމަށް އެ ކުންފުނިން ގެންދަނީ ދުނިޔޭގެ އެކި ފެއާތަކުގައި ބައިވެރިވެ، ރާއްޖޭގެ ސަގާފަތާއި ޝައުގުވެރި ކަންކަން ދައްކައިލަމުންނެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު