މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެމްއެމްސީން ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ނޫސްވެރިކަމުގެ އިނާާމުގައި މިފަހަރު ދެ ކެޓަގަރީއެއް ހިމެނެއެވެ. ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީން ވަނީ 14 ދާއިރާއަކަށް ހުޅުވާލައިފައެވެ.
ނޫސްވެރިކަމުގެ އިނާމު ދޭ ދާއިރާތައް:
- ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
- އިޖުތިމާއީ ދާއިރާ
- ސިޔާސީ ދާއިރާ
- ޝަރުއީ އަދި ގާނޫނީ ދާއިރާ
- ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
- ޑޮކިއުމެންޓްރީގެ ދާއިރާ
- ފީޗާ ރިޕޯޓުގެ ދާއިރާ
- ލައިފްސްޓައިލާއި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
- ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
- އުންމީދީ ނޫސްވެރިޔާގެ އިނާމު
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
- ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
އެމްއެމްސީގެ އިއުލާނުގައި ބުނީ އެ އިނާމުތަކަށް ކުރިމަތިލާނީ އިނާމަށް ނަން ހުށަހެޅުމަށް އެ ކައުންސިލުން ތައްޔާރުކޮށް އިއުލާނާއެކު އާންމުކޮށްފައިވާ ގޫގަލް ފޯމު https://bit.ly/40BzFNJ މެދުވެރިކޮށް ކަމަށެވެ.
އެ އިނާމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ވެސް އިއުލާނާއެކު އެމްއެމްސީން ވަނީ އިއުލާންކޮށްފައެވެ. އަދި ނޫސްވެރިކަމުގެ އިނާމުދިނުމުގެ އުސޫލު ވެސް ވަނީ ގެޒެޓުކޮށްފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް