އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތަރުވަނަ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.
އުރީދުން ބުނި ގޮތުގައި ނަސީބުވެރިއަކަށް ހޮވިފައިވަނީ އީސާ އަލިފުޅު ނަމަކަށް ކިޔާ މީހެކެވެ. އޭނާއަށް އެ ލަކީޑްރޯގައި ލިބިފައިވަނީ އުމްރާ ދަތުރެއް ކަމަށް އުރީދޫން ބުންޏެވެ.
އީސާގެ ފަރާތުން އިނާމާ ހަވާލުވީ އާމިނަތު ޝައްފާ އަބްދުﷲ ޝަފީއު އެވެ. އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.
އުރީދޫގެ މި ހާއްސަ ޕްރޮމޯޝަންގެ ދަށުން
- ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ
- ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމުލަ 19 އުމްރާ ދަތުރެއް ލިބޭނެ
- ގްރޭންޑް ޕްރައިޒް އަކީ ދެ މީހަކަށް ހައްޖު ދަތުރެއް
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
- އުރީދޫ ކަސްޓަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
- އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން