އީޔޫ އާއި މެކްސިކޯއިން %30 އަށް ޓެރިފް ނަގާން ނިންމާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.
ޓްރަމްޕް އިއްޔެ ވަނީ ޔޫރަޕިއަން ޔޫނިއަނުންނާއި މެކްސިކޯއިން އެ ގައުމަށް އެތެރެކުރާ މުދަލުން %30 ޓެރިފް ނެގުމަށް ނިންމާފައިވާކަމަށް އިއުލާންކުރައްވާފައެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރާން ނިންމާފައިވާ އެ ގަވާއިދާ ހިލާފުވެ ނުވަތަ އެކަމާ އިދިކޮޅުވެއްޖެ ނަމަ ޓެރިފް އިތުރަށް ބުޑުކުރާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
އީޔޫގެ 27 މެންބަރު ގައުމުގެ އިތުރުން މެކްސިކޯއަށްވެސް ރަސްމީކޮށް އެ މައުލޫމާތު ހިއްސާކޮށްފައިވާއިރު މިދިޔަ ހަފުތާގައި ޓްރަމްޕް ވަނީ ޖަޕާނާއި ދެކުނު ކޮރެއާގެ އިތުރުން ކެނެޑާއާއި ބްރެޒިލުން އެ ގައުމަށް އެތެރެކުރާ މުދަލުންވެސް ޓެރިފް ނަގާނެ ކަމަށާއި އެކަމަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަން އިއުލާނުކުރައްވައިފައެވެ.
ޔޫރަޕުން ގެންނަ މުދަލަށް %30 އަށް ޓެރިފް ބޮޑުކުރަން ނިންމާފައިވާއިރު މިދިޔަ އޭޕްރިލް މަހުގެ ދެވަނަ ދުވަހު ވަނީ އީޔޫއިން ގެންނަ މުދަލުން %20 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމަށްވެސް ބުނެފައެވެ. ނަމަވެސް ފަހުން އުފެދުނު މައްސަލަތަކަށްފަހު %50 އިންސައްތަ އަށް ބޮޑުކުރަން ވެސް މަސައްކަތް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ވެރިކަމާއި ދެވަނަ ދައުރަކަށް ޓްރަމްޕް ހަވާލުވުމާއެކު ވަނީ އެގައުމަށް އެތެރެކުރާ ބޭރުގައުމުތަކުގެ މުދަލުން ޓެރިފް ބޮޑުކުރަން ނިންމައި އެއަށް އަމަލުވެސް ކުރަން ފަށާފައެވެ. ނަމަވެސް ޓްރަޕްގެ ސަރުކާރުން ވަނީ ޓެރިފުން ސަލާމަތްވުމަށް ބޭރުގައުމުތަކުން މުދާ ގެނައުމުގެ ބަދަލުގައި ކުންފުނިތަކުން އެގައުމުގައި ފެކްޓްރީތައް ހަދައި އެތަންތަނުގައި އުފެއްދުމަށް އެދިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު