އަޖޭ ދޭވްގަންގެ "ސަން އޮފް ސަރުދާރް 2" އިއުލާންކުރުމާއެކު ބެލުންތެރިންގެ ފަރާތުން ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

މި ފިލްމުގެ ޓައިޓްލް ޓްރެކްއާއި، "ޕެހެލާ ތޫ ދޫޖާ ތޫ" ފަދަ ލަވަތައް ވަނީ ބެލުންތެރީންގެ މެދުގައި މަގުބޫލުކަން ހޯދައިފައެވެ.

މި ފިލްމުގެ ޓްރެއިލާ ނެރުނީ މުމްބާއީގައި ބޭއްވި ބޮޑު އިވެންޓެއްގަ އެވެ. ޓްރެއިލާއިން "ސަން އޮފް ސަރުދާރް" ގެ ހަނދާންތައް އާކޮށްދީ، ޖައްސީގެ ހަލަބޮލި އަދި މަޖާ ދިރިއުޅުން ދައްކުވައިދެއެވެ. މިއީ މަޖާ، ޑްރާމާ އަދި ހެވޭ މަންޒަރުތައް ހިމެނޭ މަސާލާ ކޮމެޑީ ފިލްމެއްގެ ޓްރެއިލާ އެކެވެ.

ޓްރެއިލާގައި ޖައްސީ (އަޖޭ ދޭވްގަން) ފޭކް އާރމީ އޮފިސަރެއްގެ ގޮތުގައި ހުންނަ އިރު، އޭނާގެ އެއް ދޮގުން ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ގޮތް ދައްކައެވެ. ރަވީ ކިޝަން އާއި މުކުލް ދޭވްގެ މަޖާ ވާހަކަތަކުން ޓްރެއިލާ އިތުރަށް ވަރުގަދަވެއެވެ.

https://youtu.be/HSX_KPfbP1o?si=QToGybcPdY9p3uGl

ޕަންޖާބުގައި ސަލާމަތްވި ނަމަވެސް، ސްކޮޓްލެންޑްގައި ޖައްސީއަށް ކުރިމަތިވާނީ ކޮންކަހަލަ ގޮންޖެހުންތަކެއްތޯ ޓްރެއިލާގައި ސުވާލު އުފައްދައެވެ.

މިފިލްމު ނެރޭނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.