ގުޖުރާތުގެ ބުރިޖު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.
އިންޑިއާގެ ހުޅަނގުގައި އޮންނަ ގުޖުރާތުގައި މިދިޔަ ހަފުތާގައި ހިނގި ބުރިޖު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، ގެއްލިގެން ދެ މީހަކު ހޯދަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ގުޖުރާތުގެ ވަދޯދަރާ ޑިސްޓްރިކްޓުގެ މަހިސަގާރް ކޯރުގައި އަޅާފައިވާ އެ ބުރިޖުގެ ބައެއް ވެއްޓިފައިވާއިރު އެ ހާދިސާ ހިނގި ވަގުތު ބްރިޖުން ދަތުރުކުރި ބައެއް ވެހިކަލްތައްވެސް ކޯރަށް ވެއްޓިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބުރިޖް ވެއްޓުނު ހާދިސާގެ ތަހުގީގު ފަށާފައިވާއިރު ވެއްޓެން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
ގުޖުރާތުގެ ސަރުކާރުން ވަނީ އެ ހާދިސާގެ ތަހުގީގުގެ ބޭނުމަށް އެ ސަރަހައްދުގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުގެ ހަތަރު އިންޖިނިއަރަކު ސަސްޕެންޑް ކޮށްފައެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް