ޖަސްޓިން އޭނާގެ ހަތްވަނަ ސްޓޫޑިއޯ އަލްބަމް، 'ސްވެގް' ނެރެފިއެވެ. މި އަލްބަމްގައި 21 ލަވަ ހިމެނޭއިރު، ސްޕޮޓިފައި، އެޕަލް މިޔުޒިކް އަދި އެހެނިހެން ބޮޑެތި ޕްލެޓްފޯމްތަކުން މިހާރު މިލަވަތައް އަޑުއެހޭނެ އެވެ.
އޭނާގެ އަންހެނުން ހެއިލީ ބީބަރ އާއި އެމީހުންގެ ދަރިފުޅު ޖެކް އާއެކު ނަގާފައިވާ ބައެއް އިންޓިމޭޓް ފޮޓޯތައް މި އަލްބަމާއެކު އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެއެވެ. 'އަސް ވީކްލީ' އިން ހާމަކޮށްފައިވާ ގޮތުގައި މި ފޮޓޯތަކަކީ އަލްބަމްގެ އާޓްވޯކްގެ ބައެކެވެ.
މިއީ 2021 ގައި ނެރުނު 'ޖަސްޓިސް' އަލްބަމަށް ފަހު، ހަތަރު އަހަރު ތެރޭގައި އޭނާ ނެރޭ ފުރަތަމަ ފުރިހަމަ އަލްބަމެވެ. އަދި، މިއީ އޭނާ ބައްޕައަކަށް ވީފަހުން ނެރޭ ފުރަތަމަ އަލްބަމް ވެސް މެއެވެ.
ސްވެގް އަލްބަމްގައި ގަންނާ، ސެކްސީ ރެޑް، ޑްރަސްކީ ފަދަ ގިނަ ފަންނާނުންގެ ބައިވެރިވުން ހިމެނެއެވެ.
މި އަލްބަމް ކުއްލިއަކަށް ނެރުމުން ބީބާގެ ފޭނުން ވަނީ ހައިރާންކަން ލިބި، ސޯޝަލް މީޑިއާގައި އުފާފާޅުކޮށްފައެވެ. އެގޮތުން ގިނަ ފޭނުން ވަނީ އަލްބަމަށް ތައުރީފުކޮށް، ވަރަށް ކަމުދާ ކަމަށް ބުނެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން
ބޭރު ކުޅިވަރު
ހުޅުމާލެ
މޯލްޑިވްސް އިސްލާމިކް ބޭންކް