ހިޖަމާ ޖަހައިގެން ބަރުދަން ލުއިކުރެވޭނެކަމަށް ބުނެ ފަޒީސް ހިޖާމާ ކްލިނިކްއިން ފޭސްބުކުގައި ކުރި ޕޯސްޓެއްގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ ފަޒީސް ހިޖާމާގެ އެ ޕޯސްޓާ ގުޅިގެން ގިނަ ޝަކުވާތަކެއް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
އެހެންވެ އެ މައްސަލަ ބަލަމުންދާކަމަށް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.
ފަޒީސް ހިޖަމާ ކުލިނިކުން މިއަދު ފޭސްބުކުގައި ކުރި އެ ޕޯސްޓުގައި ވަނީ ހިޖާމާގެ އެންމެ ސެޝަނަކުން 3-4 ކިލޯ ލުއިކޮށްލެވޭނެ ކަމަށާއި ބަރުދަން ލުއިކުރަން ޑައިޓް ކުރުމާއި ކަސްރަތުކޮށް އަދި ދުވަން ކޮންމެެހެން ދާކަށް ނުޖެހޭނެ ކަމަށެވެ.
ފަޒީސް ހިޖާމާއާ ގުޅުންހުރި މައްސަލަތަކެއް މީގެ ކުރިންވެސް ހެލްތު މިނިސްޓްރީން ވަނީ ބަލައިފައެވެ. އެގޮތުން އެކިއެކި ބަލިތަކަށް ހިޖާމާއިން ފަރުވާ ލިބޭނެ ކަމަށާއި ބޭސް ކެއުން ކޮންމެހެން މުހިންމު ނޫންކަަމަށް ފަޒީސް ހިޖާމާއިން ބުނި މައްސަލައެއްވެސް ހެލްތު މިނިސްޓްރީން ބެލިއެވެ. އޭރު ފަޒީސް ހިޖާމާއިން ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުންގެންދިޔައީ މިނިސްޓްރީން ހުއްދަ ނުހޯދައިކަމަށްވުމުން އެ ކްލިނިކް މިދިޔަ އަހަރު ބަންދުކުރަން މިނިސްޓްރީން އެންގިއެވެ.
ފަހުން އެތަން ހުޅުވައި ހިދުމަތްދޭން ފަށާފައިވަނީ މިނިސްޓްރީން ހުއްދަ ނަގައިގެންނެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މަކަރާއި ހީލަތުގެ ތުހުމަތު ގައި ހައްޔަރު ނުކުރޭ ތަ
ދޮންދުބުރިމާ - 11 މަސް ކުރިން