ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރީ 64.72 އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް މިިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ސުކޫކުގެ އަގު ވަނީ 87.44 ޑޮލަރަށް އުފުލިފައެވެ. އޭގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ އިގްތިސޯދީ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައުމެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު 9.875 ޕަސެންޓު އިންޓަރެސްޓުގައި ނަގާފައެވެ.
އަބޫ ދާބީގެ ސްޓޮކް މާކެޓުގައި ލިސްޓުކޮށްފައިވާ އެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށް ވާ ފައިސާ މި ސަރުކާރުން ގަވައިދުން ދައްކަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އެންމެ ފަހުން ކޫޕަން ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދެއްކީ މިދިޔަ އޭޕްރީލް މަހު އެވެ.
ދެވަނަ ކޫޕަންގެ ފައިސާ ދައްކަން ޖެހޭނީ އަންނަ އޮކްޓޫބަރު މަހުއެވެ.
ކުރީ ސަރުކާރުން ނެގި ސުކޫކުގެ ޖުމްލަ އަދަދު ދައްކަން ޖެހޭނީ 2026ވ ވަނަ އަހަރުއެވެ.
އަލީ ޔާމިން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް