ދިރާގުން އާ ގައުމުތަކަކަށް އައިޑީޑީ ޕެކޭޖުތަކެއް ލޯންޗުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ އެ ކުންފުނީގެ އައިޑީޑީ ހިދުމަތް އަލަށް ތައާރަފުކުރި ގައުމުތަކަކީ އިންޑިއާ، ބަންގުލަދޭޝް، ސްރި ލަންކާ، މެލޭޝިއާ، ތައިލެންޑް، ނޭޕާލް، އޮސްޓްރޭލިއާ، ޗައިނާ، ސައުދީ އަރަބިއްޔާ އަދި އިތުރު އެހެން ގިނަ ގައުމުތަކަކަށް ކަމަށެވެ.

"އެންމެ 55 ރުފިޔާއިން ފެށިގެން 125 ރުފިޔާއާ ދެމެދުގައި ލިބެންހުރި މި އައިޑީޑީ ޕެކޭޖުތަކުން އިންޓަނޭޝަނަލް މިނިޓްސްގެ އިތުރުން ހިލޭ ޑޭޓާ ލިބިގެންދާނެއެވެ..،" ދިރާގުން ބުންޏެވެ.

ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެ ޕެކޭޖުތައް ބޭނުންކުރެވެން ހުންނާނެ ކަމަށާއި ދިރާގުން އެޕް އަދި މައިއެކައުންޓް މެދުވެރިކޮށް ޕެކޭޖު އެކްޓިވޭޓް ކުރެވެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ޕެކޭޖުގެ ސަބަބުން ދިވެހިން އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާއިލާއާއި އެހެނިހެން ފަރާތްތަކުގެ ހާލު ބެލުމަށާއި ގުޅުން ބަދަހިކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.