ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލިއަށް ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބޭފުޅުންގެ ނަންތައް މަޖިލިސް ތަޅުމަށް އިއްވެވީ އަމީން އާންމު ފާތުމަތު ނިއުޝާއެވެ.

ދެން މަޖިލިސް ރައީސް ވިދާޅުވީ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާ ކަމަށެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލި ބޭފުޅުން:

  • އިބްރާހިމް ޒާހިދު، ލިލީމާގެ، ގދ. ވާދޫ
  • އަހުމަދު އަލީ، ހުޅުމާލެ ފްލެޓް 108
  • އަލީ އާމިރު، މއ. ޕެންޒީވިލާ
  • އިދުރީސް ފައުޒީ، ފަހިވާގެ، ލ. ކަލައިދޫ
  • އަހުމަދު ޝާފިއު، އުދަރެސް، ހއ. އިހަވަންދޫ
  • ޑރ. ހުސެއިން ފާއިޒް، ދަފްތަރު 1325
  • ހަސަން ވަހީދު، ރަންކޮކާގެ، ހދ. ކުރިނބީ
  • އަލީ މުހައްމަދު މަނިކު، ދަފްތަރު ރސ 1851

ޖޭއެސްސީއަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަގާމުގައި މިހާރު ހުންނެވީ އައިމިނަތު އުއްމުކުލްސޫމްއެވެ.

އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލީ، އޭނާގެ ދައުރު މިއަހަރުގެ އޮގަސްޓަށް ހަމަވާނެތީއެވެ.