ހޮލީވުޑްގެ ތަރި ސްކާލެޓް ޖޮންސަން ދުނިޔޭގައި އެންމެ ބޮޑު އާމްދަނީ ހޯދި ލީޑް ރޯލު ކުޅޭ އެކްޓަރަށް ވެއްޖެއެވެ.
މި ކާމިޔާބީ ހާސިލުވީ، އޭނާ ކުޅެފައިވާ "ޖުރާސިކް ވޯލްޑް: ރީބާރތް" ގެ ސަބަބުންނެވެ.
މި ފިލްމުގައި ސްކާލެޓް ވަނީ، ކުރީން ކްރިސް ޕްރެޓް ކުޅުނު ރޯލާ ގާތް ރޯލެއް ކަމަށްވާ، ކުރީގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ ޒޯރާ ބެނެޓްގެ ރޯލު ކުޅެފައެވެ. މި ފިލްމު ދުނިޔޭގެ ސިނަމާތަކަށް ނެރުނުތާ ހަ ދުވަސް ތެރޭގައި 318 މިލިއަން ޑޮލަރު ވަނީ ހޯދާފައެވެ.
މީގެ ސަބަބުން ސްކާލެޓްގެ ޖުމްލަ އާމްދަނީ ވަނީ 14.8 ބިލިއަން ޑޮލަރަށް އަރައިފައެވެ. މި އަދަދުގެ ބޮޑު ބައެއް، އެއީ 8.7 ބިލިއަނަށް ވުރެ މަތީ އަދަދެއް، އައިސްފައިވަނީ މާވެލް ސިނަމެޓިކް ޔުނިވަރސްގައި ނަތާޝާ ރޯމަނޮފް (ބްލެކް ވިޑޯ) ގެ ރޯލުންނެވެ. އެގޮތުން "އެވެންޖާސް" ސިލްސިލާގެ ފިލްމުތަކާއި، "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" ފަދަ ފިލްމުތައް ހިމެނެއެވެ. މީގެ އިތުރުން "އައިއަން މޭން 2" އާއި "ސިންގ" ފިލްމުތަކުން ވެސް އޭނާ ވަނީ ފައިސާ ހޯދާފައެވެ.
މި ކާމިޔާބީއާއެކު ސްކާލެޓް ވަނީ ސެމިއުއަލް އެލް. ޖެކްސަން އާއި ރޮބާޓް ޑައުނީ ޖޫނިއަރ ފަދަ މީގެ ކުރިން މި ރެކޯޑް ހިފަހައްޓާފައިވާ ތަރީން ފަހަތަށް ޖައްސާލައިފައެވެ. މިއީ ސްކާލެޓްގެ އެންމެ 36 މުހިންމު ރޯލުން ހާސިލްކުރި ކާމިޔާބީއެކެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް